ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުން އިތުރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވާ ފާޅު ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި ނެގުނު 11 ސާންޕަލް އިން ޕޮޒިޓިވްވެފައިވާ 2 ފަރާތެވެ. 9 މީހުންގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ޕޮޒިޓިވްވި 2 މީހުންގެ އުމުރަކީ އުމުރުން 23 އަހަރާއި 54 އަހަރުގެ ދެފިރެހެނުން ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
މިއަދު އިތުރަށް ޕޮޒިޓިވްވި 2 މީހުންނާއި އެކު ފާޅުބޯޓު ކޭސްއާއި ގުޅުން ހުރި3 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އިއްޔެ ހޯމްކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއި އެކު އެރަށުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުމިވަނީ 4 އަކަށް އަރާފަ އެވެ.
ފާޅުބޯޓު މާލެއިން ފުރައިގެން ކުޅުދޫފުއްޓަށް އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ކުޅުދުއްފުށީގެ އިތުރުން އެބޯޓުވަނީ ހދ. ނޮޅިވަރަމްއަށް ދަތުރުކޮށްފަ އެވެ. އެއާއި އެކު އެރަށްވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!