8 މިހުންނާއި އެކު ހދ.މަކުނުދޫއިން ފުރައިގެން އެއަތޮޅު ވައިކަރަދޫ އަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް މަކުނުދޫ ނެރުމައްޗަށް އުރިއްޖެ އެވެ.
މި ހާދިސާގައި ފަރުމައްޗަށް އުރުނު ދޯންޏަކީ ދިގުމިނުގައި 85 ހުންނަ "ނަމޫނާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މިހާދިސާގެ މަޢުލޫމާތު ރޭ މެންދަމު 02:08 ހާއިރު އެމްއެންޑީއެފް އަށް ރިޕޯޓް ކުރުމާއިއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޓީމެއް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
8 meehunaa eku Hdh.Makunudhoo in furaigen Hdh. Vaikaradhoo ah dhathuru kuramun dhiya "Namoona" namakah kiyaa 85Ft ge supply dhonyeh Hdh.Makunudhoo nerumahchah araigen MNDF Nothern Area Coast Guard Squadron in harakaaiy theri vejje. Mi haadhisaage report libifaivanee 02:08 haairu pic.twitter.com/CzCbqOtU9W
— Maldives National Defence Force (@MNDF_Official) September 16, 2020
ހިލަ އާއި ސިމެންތި އަދި ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ވަނީ އެ މުދަލުން ބައެއް މަކުނުދޫއަށް ބާލާފައި ކަމަށާއި، ނެރު މައްޗަށް އަރާފައި ވަނީ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެ ދޯނީގެ ތިބި މީހުން މަކުނުދޫއަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!