ސްރީލަންކާގެ މަޝްހޫރު ޓެލެމެޑިސިން ޕްލެޓްފޯމް “އޯޑޮކް” މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ހިލޭ ޑޮކްޓަރަށް ދައްކާލަން ބޭނުންތޯ އެވެ.
ރާއްޖޭގައި ހުރެގެން ޑޮކްޓަރަށް ދެއްކޭ ޕްރޮމޯޝަނެއް އުރީދޫންވަނީ ފަށާފަ އެވެ. އުރީދޫއިން ބުނީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންގެ ދަށުން ހިލޭ ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ. އެކަމަކު ހިލޭ ޑޮކްޓަރަށް ދެއްކޭނީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށެވެ. އެޕް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ދައްކަން ފީއެއް ނަގަ އެވެ.
މި އެޕް މެދުވެރިކޮށް ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ލިބެ އެވެ. އުރީދޫއިން ބުނީ އޯޑޮކްއާ ގުޅިގެން ތައާރަފްކުރި މި ހިދުމަތުގެ ބޭނުމަކީ ގޭގައި ތިބެގެން ލަންކާގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.
އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ.
#StaySafe and keep your health on track via oDoc App! Ooredoo customers can now consult with General Practitioners from the comfort of their homes via oDoc for FREE.
Offer valid till end of Sep 2020
Info: https://t.co/FHrwLw9WJO pic.twitter.com/TsqSpR2UEy— Ooredoo Maldives (@OoredooMaldives) September 11, 2020
އޯޑޮކް އެޕްގައި ހިދުމަތްދޭ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓާވެ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރުން ކަމުގައި އެ ޕްލެޓްފޯމުން ޔަގީންކަން ދޭކަމަށް އުރީދޫން ވަނީ ބުނެފައެވެ.
މި އެޕް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.
އޯޑޮކް އާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން http://ore.do/odoc މެދުވެރިކޮށް ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!