ހއ. ދިއްދޫގައި ކުރިއަށްދިޔަ "ކޭޑީ ވުމެންސް ވޮލީ ބޯޅަ މުބާރާތުގެ" ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

މިމުބާރަތަކީ ދިއްދޫގައި ދިރިއުޅޭ އަންހެން ކަނބަލުން ނަށް ދިއްދޫ ޒުވާން ވިޔަފާރި ވެރިޔާ ކޭ ޑީ އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި މުބާރާތެކެވެ.

Ad
rt

ދިއްދޫ ޒުވާނުންގެ މަރުކަޒުގައި ގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި މިޑްލްސް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށްފައިވަނީ ޓީމް ހިޔަލަ އިންނެވެ. ފައިނަލް މެޗް މިޑްލްސް ސްޕޯޓްސް އިން ކާމިޔާބު ކޮށްފައިވަނީ 3 ސެޓު 1 ސެޓުން ނެވެ.

މުބާރަތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެ އެވެ. އެއީ މިޑްލް ސްޕޯރޓްސް ކުލަބް، ޓީމް ހިޔަލަ، ނެކްސްޓް ބައި އަދި ރީސައިކަލް ޓީމް އެވެ.

މިއީ މިޑްލް ސްޕޯރޓްސް ކްލަބުން ޖެހިޖެހިގެން ކާމިޔާބު ކުރި ދެވަނަ މުބާރާތެވެ.

މިމުބާރާތާއި ބެހޭގޮތުން ކޭޑީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މާހިރު މަޖީދު (ކޭޑީ) ވިދާޅުވީ މިއީ ދިއްދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް ބޭއްވި މުބާރާތެއް ކަމަށެވެ. ކޭޑީގެ އެހީތެރިކަމާއި އެކު ދިއްދޫ ފިރިހެނުންނަށް ވެސް ވަނީ މުބާރާތެއް ބާއްވާފައެވެ.

ކޭޑީ އެންޓަޕްރައިސަސްއަކީ ދިއްދޫގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ. މާލޭގެ އިތުން ހއ އަތޮޅުގެ ރަށްރަށުގައިވެސް ކޭޑީއިން އަންނަނީ ވިޔަފާރިކުރަމުންނެވެ. އެގޮތުން ސިމެންތިއާއި ހިލަވެލީގެ އިތުރުން ގޭސް ވިއްކުމުގެ ވިޔަފާރި ވެސް އަންނަނީ ކުރަމުންނެވެ. ރިސޯޓު ސަޕްލައިގެ އިތުރުން ލޮޖިސްޓިކް އަދި ހެވީ ވެހިކަލްގެ ހިދުމަތް ދިނުމުގައި އެއީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

ކޭޑީ ފާހަގަ ކުރެވިފައިވަނީ ދިއްދޫގެ ތަރައްޤީއާއި ޒުވާނުންގެ އެކިކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޒުވާން ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.