‏ދައުލަތުން ޚަރަދު ކޮށްގެން އަޅާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކުގެ ދަށުންލިބޭ ފުލެޓަކީ ބޮޑު ވިޔަފާރި އަކަށް ވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅު ވެއްޖެއެވެ.

މަޝްޙޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާއާއި ހަވާލާދީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާ ކުރަށްވަމުންނެވެ.

Ad
rt

ޢަލީ ވިދާޅުވީ ދައުލަތުން ޚަރަދުކޮށްގެން އަޅާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކުގެ ދަށުންލިބޭ ފުލެޓަކީ ޢާމްދަނީ ހޯދުމަށް ކުއްޔަށްދެވޭ ވިޔަފާރި މުދަލަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ސޯޝަލް ހައުސިން އަކީ ބޮޑު ވިޔަފާރިއަކަށް ވެގެންނުވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

" މާލެ ރަށްވެހިންނަށް ގެދޮރަކީ ހަމަ އެކަނި ދިރިއުޅެން ބޭނުން ކުރާތަނެއް ނޫން ކަމަށާއި، ދިރިއުޅުން ސަސްޓެއިން ކުރުމަށް ލިބޭ ފްލެޓް ކުއްޔަށް ދޫކުރުން މުޅިން ގޯސް ނޫން ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ގެދޮރަކީ ވަރަށް ބޮޑަށް އާމްދަނީއަށް ހޯދުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭ ކަމަށެވެ." ޢަލީގެ ޓުވީޓުގައި ހިއްސާ ކުރަށްވާފައިވާ ޚަބަރުގައި ބުނެފައި ވެއެވެ.