ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 32 ޕަސެންޓު މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި،10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި މަޝްރޫއު ނިމޭއިރު ބަނދަރު ބޭރުގައި 164 މީޓަރުގެ ތޮއްޓެއް، އަދި އެއްގަމުގައި 224 މީޓަރުގެ ތޮއްޓެއް ލެވިގެންދާނެއެވެ.
2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ނިމޭނެއެވެ.
ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %32 މަސައްކަތް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު 25 އޯގަސްޓް 2020 ގައި އެރަށަށްވަނީ ގެންގޮސްފައި. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައި. pic.twitter.com/AuoiU1q36C
— MTCC Plc (@MTCCPlc) August 26, 2020
މި މަޝްރޫއުއަށް 47,623,290.28 (ސާޅީސް ހަތް މިލިއަން ހަ ލައްކަ ތޭވީސް ހާސް ދުއިސައްތަ ނުވަދިޔަ ރުފިޔާ އަށާވީސް ލާރި) ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019ގަ އެވެ.
މީގެ އިތުރުން އެމްޓީސީސީއިން މިއަދު ބުނެފައިވަނީ ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތްވެސް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %50 ޕަސެންޓް މިހާރު ވަނީ ނިމިފައިކަމަށާއި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައިކަމަށް އެކުންފުނިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!