ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް ފޯރުކޮށް ދީފިއެވެ.

މިގޮތުން އެ ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ވަނީ 7 ހާސް ރުފިޔާގެ، ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައި އެވެ.

Ad
rt

އެ އެހީތެރިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލުން އެންމެ ފުރަތަމަ އޯލެވެލް ނިންމި ބެޗްގެ ދަރިވަރުންގެ ފަރާތުން ސްކޫލަށް ދިން ހަދިޔާއާއިއެކު އެކުދިންގެ ހިތުގައި ސްކޫލަށް އޮތް ލޯބީގެ މަތިވެރިކަމާއި، އެކުދިންގެ ހިތުގައި ސްކޫލަށް އޮތް އިޙްތިރާމާއި ކުލުނު ފެނިގެން ގޮސްފި ކަމަށެވެ.

އެ ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް މިއަދު ފޯރުކޮށް ދީފައި ވާއިރު، އަފީފުއްދީން ސްކޫލުން ވަނީ، މާތް ﷲގެ ވާގިފުޅާއިއެކު އެ ކުދިނަށް ބާއްޖަވެރި، ކާމިޔާބު ކުރިމަގަކަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ބައެއް ދަރިވަރުން، ސްކޫލަށް އެހީ ހަދިޔާ ކުރުމަށްފަހު، ފޮޓޯ: އަފީފުއްދީން ސްކޫލް

އަފީފުއްދީން ސްކޫލުން ފުރަތަމަ ބެޗް އޯލެވެލް ނިންމާފައި ވަނީ 2013 ވަނަ އަހަރު އެވެ.

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް ފޯރުކޮށް ދީފައިވާއިރު، އައު އާންމު ހާލަތުގައި އެސްކޫލްގައި ބޭނުން ކުރުމަށް ވަނީ އިތުރު ފަރާތްތަކެއްގެ އެހީތެރިކަން ވެސް އެ ސްކޫލަށް ލިބިގެން ގޮސްފައި އެވެ.

މިގޮތުން ލިބިފައިވާ ބައެއް އެހީތެރިކަމަށް ބަލާއިރު، އެ ސިޓީގެ ލަތީފީމަންޒިލް، އިބްރާޙީމް ޢަލީ ވަނީ އެ ސްކޫލަށް ޑިޖިޓަލް ތާމޯމީޓަރެއް ހަދިޔާ ކޮށްފައެވެ. އަދި ރެޑްފްލާވަރ، އާދަމް ޙުސައިން ވަނީ 20 ފުޅި ހޭންޑް ސެނިޓެއިޒަރ ހަދިޔާ ކޮށްފައެވެ. މީގެއިތުރުން މާއްޓޭ ސްޕޯރޓްސް އެކަޑަމީއާއި، ހިރަފުސް އަދި އެސްކޭވައި އިން ވަނީ އެ ސްކޫލްގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްފައިއެވެ.