ހދ. ކުޅުދުއްފުސީ އެއަރޕޯޓުގައި ހުރި މައްސަލަތަކަށް އަންނަ މަހު ޙައްލު ލިބޭނެ ކަމަށް ހދ އަތޮޅު ކައުންސިލްގެ މެންބަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އިއްޔެ އާތިފް ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން އާއިއެކު މޯލްޑިވިއަންގެ މެނޭޖްމަންޓްއާއި އިއްޔެ ބައްދަލުކޮށް ކުޅުދުއްފުށި- މާލެ- ކުޅުދުއްފުށި ޓިކެޓިން އަދި ރިޒަރވޭސަންގެ މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާކޮށްފައިވާކަމަށެވެ.
" إن شاء الله ، ކުޅުދުއްފުށި ސިސްޓަމްއަށް އެޑްކުރެވި މައްސަލަތަކަށް އަންނަ ސެޕްޓެމްބަރ މަހުންފެށިގެން ޙައްލު ލިބިގެން ދާނެ" އާތިފްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.
އަޙްމަދު އާތިފްއަކީ ހދ އަތޮޅު ކައުންސިލްގައި ކުޅުދުއްފުށީ ދެކުނުދާއިރާ ތަމްސީލު ކުރައްވާ މެންބަރެވެ. ހދ އަތޮޅު ކައުންސިލްގެ ރައީސްކަން އަދި ނައިބް ރައީސްކަންވެސް އާތިފްވަނީ ކުރައްވާފައެވެ. މިއީ އާތިފް ހދ އަތޮޅު ކައުންސިލްގެ ދެވަނަ ދައުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!