ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ނޭކުރެންދޫ ކައުންސިލުގެ އިދާރާއިން ހޯދަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ނޭކުރެންދޫއިން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫތު ހޯދުމަށް ބޭނުންވާތީ ގޯތި ބޭނުންވާ ފަރާތްތަކުން 04 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެއިދާރާއަށް ދުރުވެ ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދޭކަމަށެވެ.

Ad
rt

އެރަށުން ގޯތި ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ފަހު ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ގޯއްޗަށް އެދޭފަރާތްތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ އުޞޫލް އާންމު ކުރެވޭނެ ކަމުގައިވެސް އެ އިޢުލާނުގައިވެއެވެ.

އެރަށުން ބަނޑާރަ ގޯތި ދޫކުރުމަށް 2013 ވަނަ އަހަރު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނާއި (268/2013/45 ) ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުންވެސް އަލުން ނަންނޯޓް ކުރުމަށް މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެރަށުން ގޯއްޗަށް އެދި ނަންނޯޓްކުރާ މީހުންގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް މިއަދުވަނީ އެ ކައުންސިލުން އާންމުކޮށްފައެވެ. ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
1. ދިވެހި ރައްޔިތަކު ކަމުގައި ވުން
2. އުމުރުން 18 އަހަރު ވެފައި ވުން
3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން
4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑުބައެއް
ލިބިފައި ނެތުން. ނުވަތަ ލިބިފއިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން
5. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައި ވުން
6. އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލިތާ ނުވަތަ ވިއްކިތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން.