ށ. ގޮއިދޫ 19 އަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު އަޝްހަމް ވެންޓިލޭޓަރެއް އުފައްދައިފި އެވެ. މިއާއިއެކު އަޝްހަމް ވެފައިމިވަނީ ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާއަށެވެ.
ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ތިލަދުންއާއި ވާހަކަދައްކަމުން ބުނީ މިކަން ކުރުމުގެ ހިޔާލު އައީ ސިފައިން ފުރަތަމަ ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުންނާއި ބަލިމަޑުކަމެއް ފެތުރިފައިވާ މިދުވަސްވަރު ރަށުން ވެންޓިލޭޓަރުގެ ޚިދުމަތް ލިބެން ނެތުމުން އެކަމާއި މެދު ވިސްނިވިނުމުން ކަމަށެވެ.
ރަށުން މިޚިދުމަތް ލިބެން ނެތުމުން މީހަކު ބަލިވެއްޖެނަމަ ބޭނުން ކުރެވޭނެ ކޮންމެވެސް އެއްޗެއް އުފެއްދުމުގެ ވިސްނުން އައީ، މިރަށާއި އެންމެ ކައިރިންވެސް މިޚިދުމަތް ލިބެނީ ކުޅުދުއްފުށީން އެރަށަށް ދެވެންދެންވެސް ގޮންމެވެސް ގޮތެއް ހޯދަން ޖެހޭ،
ތިލަދުން އާއި ވާހަކަ ދައްކަމުން އަޝަހަމް ބުނެފައިވެއެވެ.
ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފިhttps://t.co/7bSC0YNHG9 pic.twitter.com/i1a9QpDfVc
— Thiladhun (@thiladhun) June 2, 2020
އެންމެ ބޮޑު ހިތްވަރެއް ލިބުނީ އެމްއެންޑީއެފްއިން ވެންޓިލޭޓަރެއް އުފެއްދި ހަބަރު ލިބުމުން އެކަމުން ހިތްވަރުލިބިގެން އުކާލާފައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ބައެއް ބައިތައް ބޭނުންކޮށްގެން ފެށި މިމަސައްކަތް 7 ދުވަސްތެރޭގައި ވެންޓިލޭޓަރު ހަދާ ނިމިއްޖެ ކަމަށާއި ބައެއް އަޕްގްރޭޑްތައް ކުރުމަށް އިތުރު 4 ދުވަސްނެގިކަމަށް ބުނެފައިވެއެވެ.
ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ބަރުދަނުގެ ވެންޓިލޭޓަރު ހެދުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ބައެއް ސާމާނު ރަށުން ހޯދުމަށެވެ. މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިއަރ މޯޓަރު ނުލިބުގެ ދަތިކަމަށް ހައްލުހޯދީ އޭސީގެ ގިއަރމޯޓަރު ޑީސީއަށް ބަދަލުކޮށް މޮޑިފައިކޮށްގެންނެވެ. ސަރކެޓްތައް ހަދަާނެ ގޮތުގެ މަޢުލޫމާތު ޔޫޓިބުން ނުލިބުމުން އެކަން ހައްލުކުރީ އަމިއްލައަށް ކަމަށް އަޝްހަމް ބުނެފައިވެއެވެ. އެންމެ ގިނަ ވަގުތެއް ހޭދަކުރަން ޖެހުނީ އެކަމަށްކަމަށް ކަމަށާއި ވަގުތު ހޭދަވިނަމަވެސް ވެންޓިލޭޓަރުގައި ތަފާތު ފީޗާސްތައް ހިމަނައިފައިވާނެކަމަށް ބުނެފައިވެއެވެ.

ފީޗާސްތަކުގެ ތެރޭގައި ޕަވަރ ފެއިލިޔަރ އެލާމެއް އަޅާހެން ރަތްކުލައިން ދިއްލޭގޮތަށް ފީޗާއެއް ހިމަނާފައިވާނެކަމަށް އަޝްހަމް ބުނެފައިވެއެވެ. މީގެ އިތުރުން އެތެރެބައިވެސް ފެންނަގޮތަށް އެތެރެފެންނަ ޕްލާސްޓިކްކޮޅެއްލާފަ ޑިޒައިނެއް ހަދާފައިވާއިރު އެއަރ ވޮލިއުމް ކޮންޓްރޯލްވެސް ހިމަނާފައިވެއެވެ.
މިދިޔަ މަހުގެ ތެރޭގައި ސިފައިން ވެންޓިލޭޓަރެއް އުފައްދާފައިވާއިރު، އައްޑޫ ސިޓީ މީދޫ މީހަކުވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!