ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅަށް ވައިޓް އެލާރޓް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ފަތިހު 05:45 އިން ހެނދުނު 09:00 އަށެވެ.
އުތުރުގެ އެކިހިސާބަށާއި މެދުތެރޭ ބައެއް ރަށްތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރުން އެކަށީގެން ވޭ. ދެކުނު އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
White alert issued from Haa Alif Atoll to Noonu Atoll. pic.twitter.com/c2nE4fAC3u
— Maldives Meteorology (@MetMaldives) June 2, 2020
އުތުރާއި މެދުތެރޭ އަތޮޅުތަކުގެ އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް:
މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!