މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އޮރެންޖް އެލާރޓްވެސް ނެރެފައެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 08:00 އާއި ހަމައަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުންވަނީ އެލާޓް ލެވެލް ދަށްކޮށް ވައިޓް އެލާޓެއް މިރޭ ދަންވަރު އެކެއްޖަހަންދެން އިތުރުކޮށްފައެވެ.
Ad
މޯލްޑީވްސް ޕޮލިސްސާރވިސް އިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ހަނިމާދޫގައި ފެންބޮޑުވެގެން ފުލުހުންގެ އެހީތެރިކަން ދީފައިވާކަމަށެވެ. އެގޮތުން ހަނިމާދޫ ކައުންސިލް އާއި އެމްޓީސީސީ ގުޅިގެން ގޭގޭ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށުގައިވެސް ފެންބޮޑުވެފައިވާކަމަށާއި ޕަންޕު ޖަހައިގެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އާންމުކޮން އެރަށުގައި ފެންބޮޑުވާ ސަރަހައްދު ތަކުގައި ކުރިއާލާ ކޯރުކަނޑައި ތައްޔާރުވެފައިވުމުން އެސަރަހައްދުގައި އާންމުކޮން ފެންބޮޑުވާ 4 ގެޔަކަށް މިފަހަރު އެހާބޮޑު އަސަރެއް ކޮށްފައިނުވާކަން ލަތީފް ފާހަގަކުރިއެވެ.
މިކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި އެހީތެރިވަމުން އަންނަ ރެޑްކުރެސެންޓް ގެ މަދަދުވެރިންނާއި އަދި އެމްއެންޑީއެފް އާއި ފަޔަރ، ފުލުހުންނާއި ޕަބުލިކް ވޯކްސް އަދި އެސްޓީއޯގެ މުވައްޒަފުންނަށް ލަތީފްވަނީ ޝުކުރު އަދާކޮށްފައެވެ.
ވިއްސާރާގައި ފެންބޮޑުވެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ކުޅުދުއްފުށީ ކައުންސިލްގައި ގާއިމުކޮށްފައިވާ އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގައި ގާއިމުކޮށްފައިވާ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. ފެންބޮޑުވެ އެހީތެރިކަމަށް ބޭނުން ވެއްޖެނަމަ 6527189 ނަމްބަރު ފޯނާ ގުޅައި ރިޕޯޓްކުރެއްވުމަށް އެފަރާތުން ވަނީ އެދިފައެވެ.
ހއ. އުލިގަމަށް މެދު ނުކެނޑި ވާރޭ ވެހޭއިރު ރަށު ތެރޭގައި ފެންބޮޑުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން މަގުތަކުގައި ފެން ހިންދަން ވެލި ބަސްތާ ޖަހަމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ބައެއް ގެތަކަށް ފެންވަދެ، ހިފައި ގެންގުޅޭ ސާމާނުތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!