ކޯވިޑް-19 ގެ ހާލަތުގައި ހދ. ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޕްރެގާރސް އެމްވީގެ ފަރާތުން 1000 އަންގި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ.

ޕްރެގާރސް އެމްވީ ގެ ފަރާތުން ހަދިޔާކުރި އަންގި ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދިނީ ހުސެން ޝާފިޢު އަލީ އެވެ. ހަނިމާދޫ ކައުންސިލް އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ.

Ad
rt

މި ތަކެއްޗާއި ހަވާލުވެއްވުމަށްފަހު ދެއްކެވި ވާހަކާގައި ކައުންސިލްގެ ރައީސް ސަލާމް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި ޕްރެގާރސް އެމްވީ މިހަދީ ކޮށްދެއްވީ ވަރަށްވެސް ބޭނުން ތެރި ހަދިޔާއެއް ކަމަށެވެ. އަދި މިފަދަ އެހީއެއް ފޮރުކޮށް ދިން ކަމަށްޓަކާ ހަނިމާދޫ ކައުންސިލްގެ ނަމުގައާއި ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން ޕްރެގާރސް އެމްވީ އަށް ޝުކުރު އަދާ ކުރާކަމަށެވެ.

ސަލާމް ވަނީ "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރަށްވަމުން، ހަނިމާދޫ ކައުންސިލުންވެސް ވަނީ ފޮތި ގެނެސް އެރަށުގެ ސިޓީ ހޮޓަލަށް މާސްކު ފެހުމަށް ހަވާލުކޮށްފައި ކަމަށް ވިދާޅުވެފައެވެ.

އެރަށުގެ ސިޓީ ހޮޓަލުން މާސްކު ފަހައިދެނީ ހިލޭ ކަމަށާއި، އެކަށޭނަ ޢަދަދަކަށް ފެހިއްޖެ ނަމަ އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގޭގެއަށްވެސް ވީ ވަރަކުން މާސްކު ދޭން ނިންމާފައިވާ ކަމަށް ސަލާމް ވިދާޅުވިއެވެ. މިހާރު ސިޓީ ހޮޓަލުން ދަނީ 500 މާސްކު ފެހުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

ޕްރެގާސް އެމްވީ އަކީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭން ހަނިމާދޫއަށް މިފަދަ އެހީތެރިކަމެއް ފޯރު ކޮށްދިން ފުރަތަމަ ވިޔަފާރި ގުރޫޕްކަމަށް ހަނިމާދޫ ކޯވިޑް-19 ޓާސްކު ފޯހުން ވަނީ ބުނެފައިއެވެ. ޕްރެގާރސް އެމްވީ އަކީ މާބަނޑު އަންހެނުންނަން ޙާއްސަ ތަކެތިވިއްކާ ގުރޫޕެކެވެ.

ޕްރެގާސް އެމްވީއިން ހަނިމާދޫއަށް އެހީތެރިވި އިރު، އެރަށަށް ވަނީ އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިންވެސް އެހީތެރިވެފައެވެ.

މިއަދު އެ ކުލަބުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ހޭންޑް ސެނެޓައިޒަރ ޖެލް 500 އެމްއެލް 4 ފުޅިއާއި، ހޭންޑް ސެނެޓައިޒަރ ލިކުއިޑް 1 ލީޓަރ 4 ފުޅި އާއި، ހޭންޑް ސެނެޓައިޒަރ ޖެލް 240 އެމްއެލް 14 ފުޅިއާއި، ސާރފެސް ޑިސްއިންފެކްޓަރ 500 އެމްއެލް 4 ފުޅިއާއި، 150 މާސްކުގެ އިތުރުން 300 އަންގިއެވެ.