ފެތުރެމުންދާ ކޯވިޑް-19 ބަލި ރާއްޖެއިން 77،000 އަށް ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ 77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. މިއީ ޕީކްގެ ތެރޭގައި ޕްރޮޖެކްޓް ކުރާ ގޮތް ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
މިގޮތުން ޕީކް 14 ދުވަހުގެ ތެރޭގައި، 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރަށްވާ ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ވިދާޅުވީ ޕީކް ސާދަ ދުވަސް ކަމަށް ބަލާފައި ވަނީ މެއި 15 އިން 30 ގެ ނިޔަލަށް ކަމަށެވެ.
މީގެ އިތުރުން ޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށް ލަފާކުރަށް ކުރަށްވާ ކަމަށާއި، މީގެ އިތުރުން މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށް ލަފާކުރަށްވާ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ޕީކްގައި އައިސީޔޫގައި 101 މީހަކަށް ފަރުވާ ދޭން ޖެހިދާނެ ކަމަށް ޑރ. ލަފާ ކުރެއްވި އިރު މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށްވެސް ޑރ. ވަނީ ލަފާކުރަށްވައިފައެވެ.
"ލޮކްޑައުންއާ ގުޅިގެން ޕީކް ވަރަށް ބޮޑަށް ދަށް ކުރެވިއްޖެ. އެކަމަކު އަދިވެސް އެހާ ރަނގަޅެއް ނޫންް. އެކަމަކު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަން ފާހަގަކުރެވޭ." ޑރ. ޝީނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ޕްރޮޖެކްޓް ކުރީ 2000 މީހުން މަރުވާނެ ކަމަށް ކަމަށާއި، ނަމަވެސް މި ރޭ ހާމަ ކުރެއްވި ޕްރޮޖެކްޝަންގައި ބަލާފައިވާނީ މަރުވާނީ 900 މީހުން ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 648 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!