އެސްޓީއޯ އީސްޓޯރ ގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެހިދުމަތުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންތަކެއް ސެލްފް އައިސޮލޭޓްވުމާއި ގުޅިގެން އީސްޓޯރގެ ހިދުމަތް މިވަގުތު ވަނީ މެދުކަނޑާލެވި ހޯލްސޭލް ކުރަން ފަށާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުން ފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ވީހާވެސް ގިނަ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އީސްޓޯރ މެދުވެރިކޮށް ރީޓެއިލް ފިހާރަތަކަށް ހޯލްސޭލްކޮށް މުދާ ވިއްކުމަށް މިހާރު ވަނީ ހުޅުވާލެވިފައިވާކަމަށެވެ.

Ad
rt

ކޮންމެ ރެއެއްގެ 21:00 އިން ފެށިގެން އޯޑަރު ނެގުމަށް ހަމަޖެހިފައި ވާއިރު މިވަގުތަށް އީސްޓޯރގައި ހިމެނިފައިވަނީ އެސްޓީއޯ ޕީޕަލްސް ޕޮއިސް ސުޕަރމާޓްގެ ހޮވާލެވިފައިވާ ވަކި ބާވަތްތަކެއްކަމަށާއި އަދި ކޮންމެ ފަރާތަކަށްވެސް ފަހަރަކު ބައްލަވައިގަނެވޭނީ މަދުވެގެން 5 އަދި
ގިނަވެގެން 30 ބާވަތުގެ މުދާކަމުގައި ބުނެފައިވެއެވެ.

މުދަލަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ޑެލިވަރ ކުރުމަށް 24 ގަޑިއިރާ 48 ގަޑިއިރާ ދެމެދުގެ ވަގުތެއް ނަގާއިރު ޑެލިވަރީ ފީއެއްގެ ގޮތުގައި 70 ރުފިޔާ ނެގޭނެއެވެ. މުދާ ފޯރުކޮށްދެވޭނީ ފިހާރަ ހިމެނޭ އިމާރާތުގެ ބޭރަށެވެ.

އެސްޓީއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.