ހއ. ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދާހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީގައި މިއަދު ހަވީރު ފެށުނު ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.

Ad
rt

މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ހޯރަފުއްޓަކީ ފަލަމަޑީގެ ބާވަތްތަކުގައި ފާހަގަކޮށްލެވޭ ރަށަކަށް ހެދުންކަމަށާއި އަދި ޤައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު ވުމުގެ ގޮތުން ދުރާލާ ވިސްނައިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް އެކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

މިއަދު މިފެށި ގަސް އިންދުމުގެ ޕްރޮގުރާމުގެ ސަބަބުން މުސްތަގުބަލުގައި ހޯރަފުށީ ރައްޔިތުންނަށް ފައިދާ ކުރާނެކަން ކަށަވަރު، ކައުންސިލުން މިކަން މިކުރަނީ ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އިރުޝާދުގެ ދަށުން، ކައުންސިލާއި މަޖިލިސް މެންބަރ ސަލީމް ބަންބުކެޔޮ ގަސް އިންދަން ނިންމީ ބަނބުކޭލަކީ މުސްތަގުބަލުގެ ކާނާގެ ގޮތުގައި ސިފަކުރާތީ

ެކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

އެ ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ ދަށުން 100 ބަނބުކެޔޮގަސް އިންދަން ނިންމައި، މިއަދު އެ މަސައްކަތް ފަށާފައި ވާކަމަށެވެ.

މީގެ އިތުރުން މުޙައްމަދު ވަހީދު ވިދާޅޫވީ ކައުންސިލްގެ އެދުމަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހޯރަފުށީގެ ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރުންކަމަށާއި ދިމާވާ ކޮންމެ ކަމަކުންވެސް އިބުރަތް ހާސިލްކުރެއްވުމަށް އެދޭކަމަށް ވިދާޅުވެފައިވެއެވެ.

ހޯރަފުށީ ކައުންސިލުންވަނީ، މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން މޮނިޓަރިންގ ހާލަތުގައިވާ އެ ދާއިރާގެ ހއ. އުލިގަމަށް ކާބޯތަކެތިބެސް ހަދިޔާ ކޮށްފައެވެ.

އެރަށުގައިވަނީ " ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ " މިޝިއާރުގެ ދަށުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް މިއަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ފަށާފައެވެ.