މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދިއްދޫއަށް ނުދެވި ތިބި ދިއްދޫ ރައްޔިތުން ދެނެގަތުމުގެ މަސައްކަތް ހއ. ދިއްދޫ ކައުންސިލުން ފަށައިފިއެވެ.

އެކައުންސިލުން ބުނެފައި ވަނީ އެފަދަ މީހުން އެކައުންސިލަށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ.

Ad
rt

އެކަމާއި ގުޅިގެން އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް -19 މާލޭގައި ފެތުރެން
ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވުމާއިއެކު، އެ ސަރަޙައްދުގައި މިވަގުތު ދިރިއުޅޭ ހއ. ދިއްދޫގެ ބައެއް ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށާއި އެހެނިހެން ޟަރޫރީ ބޭނުންތަކުގައި އެ ސަރަޙައްދުގައި ރަށަށް ނާދެވިފައިތިއްބެވި ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލުން އެއްކުރަމުން ދާކަމަށެވެ.

މިގޮތަށް މާލޭގެ ސަރަޙައްދުގައި ދިއްދޫއަށް ނުދެވި ތިއްބެވި ފަރާތްތަކުން މަޢުލޫމާތު ފޮނުއްވުމަށް އެ ކައުންސިލުން ކޮށްފައިވާ އިޢުލާންއާއި އެކުގައިވާ ލިންކްގައިވާ ފޯމް ފުރުއްވުމަށް ފަހު ފޮނުއްވައި ދެއްވުން އެ ކައުންސިލުން ވަނީ އެދިފައެވެ.

ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން ދިއްދޫ އިއްޔެ މޮނިޓަރިންގ ހާލަތަށް ލީއިރުވެސް އެ ރަށް އޮތީ ކައުންސިލުން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ދަށުން ފުރަ ބަންދު ކޮށްފައެވެ.

އެޗްޕީއޭގެ އެންގުމާއި ގުޅިގެން އެރަށުގެ ފުރަބަންދު މުއްދަތު 1 މެއި 2020 ގެ ހަވީރު 6:00 ހަމައަށް ދިއްދޫ ކައުންސިލުންވަނީ އިތުރު ކޮށްފައެވެ.