ހއ. އުލިގަމުން ކޯވިޑަށް ޝައްކުވި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އުލިގަމުން ކޯވިޑަށް ޕޮޒިޓިވްވި މިމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 37 މީހެކެވެ. މީގެ ތެރެއިން 16 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

Ad
rt

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މި މަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން ގޮސްފައިވަނީ ހއ. އިހަވަންދޫގެ ކަނޑު ބޯޓެއްގަ އެވެ. އެހެންވެ، އެ ބޯޓުގައި އެކި ރަށްރަށަށް ދިޔަ މީހުން ތިބިއިރު މިހާރު ވަނީ ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

މިއީ މާލެއިން ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 ޖެހިފައިވާ މީހެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސްފަ އެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން
15 އޭޕްރީލް 2020 އެކަކު
16 އޭޕްރީލްގައި 2020 2 މީހުން
17 އޭޕްރީލްގައި 2020 6 މީހުން
18 އޭޕްރީލްގައި 2020 7 މީހުން
19 އޭޕްރީލް

އަތޮޅުތެރެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން

19 އޭޕްރީލް 2020 ހއ.އުލިގަމުން އެކަކު

ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.