ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށާއި، އެ ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލެއްވާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލްގައި ރަޖިސްޓްރީވުން އެ ކައުންސިލުން އެދިއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލުން މިރޭ އާންމު ކުރި އާންމު މަޢުލޫމާތުގައި ބުނީީ، ކޮވިޑް-19 ރޯގާއާއީ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލު ތަކަކާއި އިންތިޒާމު ތަކެއްގެ މަތިން އަލުން ފެށުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

Ad
rt

ހޮނިހިރު ބާޒާރު އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމުން ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލެއްވާ ފަރާތްތަކުން އެ ކައުންސިލްގައި ރަޖިސްޓްރީވުން އެދޭކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އިތުރަށް އެކައުންސިލުން ބުނީ ހޮނިހިރު ބާޒާރު އަލުން ފަށާއިރު ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓްރީ ވާ ފަރާތްތަކަށް އެކަނިކަމަށެވެ. މިގޮތުން ރަޖިސްޓްރީ ވުމަށްޓަކައި 14، 15 އަދި 16 އޭޕްރިލް ވަނަ ދުވަހު ހެނދުނު 10:15އިން މެންދުރު 12:00އާއި ދެމެދު އެ ކައުންސިލްގެ 6527188 ނުވަތަ 6527177 ނަންބަރު ފޯނަށް ގުޅުއްވައި ރަޖިސްޓްރީވުމަށް އެކައުންސިލުންވަނީ ހުޅުވާލާފައެވެ.

މި ގަޑިތަކުގައި ގުޅަން ދަތި ބޭފުޅުން އެ ކައުންސިލްގެ ހޮޓްލައިން 9531312 އަށް ޓެކްސްޓް ނުވަތަ ވައިބަރ މެދުވެރިކޮށް ފުރިހަމަ ނަން، ގުޅޭނެ ނަންބަރު އަދި ބޭނުން ބަޔާންކޮށް މެސެޖް ކުރެއްވުމުން އެ ފަރާތްތަކާއި ގުޅައި ރަޖިސްޓްރީކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ހޮނިހިރު ބާޒާރު ވަގުތީ ވޮތުން މެދު ކަނޑާލައިފައިވަނީ ހުސްވި މާރިޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.