ހދ. ނޮޅިވަރަމް ކައުންސިލުން ދެމުންދިޔަ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
އެކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާކަމަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އިޢުލާނު ކުރައްވާކަމަށެވެ.
މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް ލިބިފައިވާތީ، ރައްޔިތުން އަމަލުކުރުމަށް އެ ޑިޕާރޓްމަންޓް އަންގަވާފައިވާ ގޮތް ނޮޅިވަރަމް ކައުންސިލުގެ އެންގުުގައި ހިމަނާފައިވެއެވެ.
އެގޮތުން، އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ 2020 ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބައްލަވައި ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށާއި މިގޮތަށް އަމަލު ކުރަމުން ގެންދާނީ 30 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށްކަމުގައި އެޑިޕާރޓްމަންޓުން ވަނީ އަންގަވައިފާކަމަށް ނޮޅިވަރަމް ކައުންސިލްގެ އެންގުމުގައި ވެއެވެ.
ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އެ ނިންމުމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލް އިދާރާއިން ފޯރުކޮށްދެމުން ގެންދިޔަ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލާފައިވާ ވާހަކަ އެއްމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށް އެ ކައުންސިލްގެ އެންގުމުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!