ހުރަވަޅި މޯލްޑިވްސް ރިސޯޓުން 2 ސާމްޕަލްއެއް ނެގުމަށް އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އިތުރަށް ހާމަކުރެއްވި މައުލޫމާތު ތަކަށް ބަލާއިރު، ރާއްޖެގައި މިހާތަނަށް 908 ސާމްޕަލް ނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 891 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 17 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، ނަތީޖާ ލިބުމުގެ މަގުމަތީގައި އެއްވެސް ސާމްޕަލް އެއް ނެތް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
އިތުރަށް މަބްރޫކް ވިދާޅުވީ އައިސޮލޭޝަން ގައި މިވަގުތު ޖުމްލަ 23 މީހުން އެބަތިބިކަމަށާއި، އޭގެ ތެރެއިން ވެލިދޫ އައިސޮލޭޝަން ފެސިލީޓީގައި 20 މީހުން، ދަރުމަވަންތަ ހޮސްޕިޓަލްގައި 3 މީހުން އަދި ކަރަންޓީނު ފެސިލިޓީތަކުގައި 860 މީހުން އެބަތިބިކަމަށެވެ.
ކޮރޯނާވައިރަހުގެ ކަރަންޓީނަށް ގެންދާ އެންމެން އެ ވައިރަހަށް ޓެސްޓް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްފައިއެވެ.
މިގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އަދި ތަޖުރިބާއަށް ވެސް ބެލުމަށް ފަހު މިހާރު ނިންމާފައި ވަނީ، ކަރަންޓީނު ކުރާ ކޮންމެ މީހަކުވެސް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދައި އެ ވައިރަސް ނެތްކަން ކަށަވަރު ކޮށްފައި ދޫކޮށްލަން ކަމަށެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްމި މީހުންގެ އަދަދު 17 އަށް އަރާފައިވާއިރު، ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!