"ސްޓޭ އެޓް ހޯމް ޗެލެންޖު" ގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ހުނަރު ފެނިގެން ގޮސްފިއެވެ.
ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށް ސިއްޚީ މާހިރުންނާއި، ކަމާއި ބެހޭ ފަރާތްތަކުގެ އެންމެ ބޮޑު އިރުޝާދަކީ މިދުވަސްވަރު ގޭގައި ތިބުމެވެ. މިގޮތުން ގޭގައި ތިބޭއިރު ދުޅަ ހެޔޮކަންމަތީ ތިބުމަށް މަސައްކަތް ކުރުމަށްވެސް އެފަރާތްތަކުން އިރުޝާދު ދެއްވައެވެ.
ސްޓޭ އެޓް ހޯމް ޗެލެންޖަކީ ހަލުވި ކަމާއިއެކު ކޮރޯނާވައޮރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ ގޭގައި ގިނަވަގުތު ހޭދަކުރުމަށް ބާރު އަޅާ ފަށައިފައިވާ ޗެލެންޖެކެވެ.
I accept the #StayAtHomeChallenge from our Foreign Minister @abdulla_shahid
Now I nominate:
Home Minister @ShimranAb
MD of ADK @ahmedafaal
MP @mohamedwisaam
@SaaidKalhey#WashYourHands #StaySafeStayHome #TravelTomorrow pic.twitter.com/GlxDGIQEpJ— Faisal Naseem (@FaisalNasym) March 28, 2020
"ސްޓޭ އެޓް ހޯމް ޗެލެންޖު" މިހާރު އެހަރަކާތްވަނީ ސިޓިންގ ރޫމް ތަކުން ބޭރުވެ މިދުވަސްވަރު ސޯޝަލް މީޑިއާގައި ވައިގައި ހިފާފައެވެ.
ރާއްޖޭގެ ނައިބުރައީސް ޓުވީޓް މެދުވެރިކޮށް އިއްޔެ ވަނީ އެމަނިކުފާނުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލައިފައެވެ. އެމަނިކުފާނަކީ ހުނަރުވެރި ފުޓް ބޯޅަ ކުޅުން ތެރިއެއްގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ ޚިދުމަތް ތެރިއެއް ގޮތުގައި ކުރިއްސުރެ ވަނީ ފާހަގަ ކުރެވިގެން ގޮސްފައިވާ ބޭފުޅެކެވެ.

އިއްޔެ ނައިބު ރައީސް ހުނަރު ދައްކައިލެއްވި ޗެލެންޖުގައި، ނައިބު ރައީސް އާއިއެކު މި ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށް ޗެލެންޖު ކުރައްވައިފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މި ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށް ޗެލެންޖު ކުރައްވައިފައިވަނީ މަޖިލީސް މެމްބަރު އަލީ އާޒިމް އެވެ.
ނައިބު ރައީސް ވަނީ މި ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމަށް ޗެލެންޖު ކުރައްވާފައެވެ. ނައިބު ރައީސްގެ ޗެލެންޖު ގަބޫލުކުރައްވާ ވިސާމް ވެސް ވަނީ މި ޗެލެންޖުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ސްޓޭ އެޓް ހޯމް ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު ގިނަ ފަރާތްތަކަކުން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ކުޅުންތެރިންނާއި، މިއުޒިކީ ފަންނާނުން އަދި ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ ބައިވެރިވަމުންނެވެ. މި ޗެލެންޖުގައި ބައިވެރިވެފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ އަދި މާކަސް ރަޝްފޯޑް ވެސް ހިމެނެއެވެ.

ދިވެހި ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމްގެ މިފަދަ ހުނަރު ތަކުގެ އިތުރުން އެމަނިކުފާނު އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ގޮތުން ހިނަގަވަމުން ގެންދަވާ "ފައިސަލް ފައުންޑޭޝަން" އަކީ ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޚަރަކާތްތައް ހިންގަވަމުން ގެންދަވާތާ ވަރަށް ދުވަސްވީ ފައުންޑޭޝަނެއް ގޮތުގައި ފާހަގަ ކޮށްލެވެ.
ނާއިބު ރައީސް ފައިސަލްގެ މިއިސްނެންގެވުމަކީ، ގޭގައި ނުނިކުމެތިބި ރައްޔިތުން ދުޅަހެޔޮކަން މަތީ ތިބުމަށް މަސައްކަތް ކުރުމަށް ލިބިގެންދާ ހިތްވަރެއް ކަމަށް މީހުންދަނީ ފާހަގަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!