މެލޭޝިޔާގެ ސެޓަޕާކް ޖާޔާއިން ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެލޭސިޔާގެ ސެޓަޕާކް ޖާޔާއަކީ ކޮންމެސް ވަރަކަށް ދިވެހިން ދިރިއުޅޭ ސަރަޙައްދެކެވެ.
މެލޭޝިޔާއިން މިފަހަރު ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ އެސަރަޙައްދު ސަރުކާރުގެ އޮފީސް އިމާރާތެއް ކަމަށްވާ ވިސްމާ ފެލްކްރާގައި މަސައްކަތްކުރި ފެލްކްރާގެ ބޯޑު މެމްބަރަކަށެވެ.
އެ ބޯޑު މެމްބަރު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މާރޗް 6 ގެ ނިޔަލަށް އެއޮފީސް އިމާރާތުގެ ހުރިހާ ހަރަކާތްތަކަކާއި، ޚިދުމަތްތައް ހުއްޓާލައި، އެ އިމާރާތް ސާފުކޮށް އެ ވައިރަހުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާނެކަމަށް އެއިމާރާތުގެ ޗީފް ސީއީއޯ މުޙައްމަދު ނަޒުރުލް އިޒާމް މަންސޫރުވަނީ ބުނެފައެވެ.
އެއްވެސް ސްޓާފެއް ޑިސްޓުރިކުން ބޭރަށް ދަތުރު ނުކުރުމަށާއި، ގޭގައި ތިބުމަށްވެސް އޭނާވަނީ ނަސޭހަތްތެރި ވެފައެވެ. އެ ބޯޑު މެމްބަރާއިއެކު މަސައްކަތްކޮށް، އޭނާއާއި ދިމާވި ހުރިހާ ސްޓާފުން ސްކްރީން ކުރެވޭނެ ކަމަށާއި، ހޮސްޕިޓަލުން ނަތީޖާ ލިބެންދެން އެސްޓާފުން ކަރަންޓީނު ކުރެވޭނެކަމަށްވެސް ނަޒުރުލް އިޒާމްވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޯޑު މެމްބަރު މިހާރު ސަންގައި ބުލޮހް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާއިރު، އޭނާއަށް އެވައިރަސް ޖެހިފައިވަނީ އެވައިރަސް ކުރިން ޖެހިފައިވާ މެލޭޝިޔާގެ ޔޫޑީއޭ ހޯލްޑިންގ ބަރުހާދު ކުންފުނީގެ ބޯޑު މެމްބަރެއްގެ ގައިންކަން މިހާރުވަނީ ހޯދިފައެވެ.
އެކި ބޭނުންތަކަށް ގިނަ ދިވެހިން ޒިޔާރަތްކުރާ އަދި ދިރިއުޅެމުންދާ މެލާޝިޔާއިން ނުރައްކާތެެރި ކޮވިޑް-19 ޖެހިފައިވާ 50 މީހުން ފެނިފައިވާއިރު، އެވައިރަސްގެ ސަބަބުން އެޤައުމުން މިހާތަނަށް މީހަކު މަރުވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!