ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް 5 ކެނޑިޑޭޓަކު ކުރިމަތި ލައްވައިފިއެވެ.
އެ ކެނޑިޑޭޓުންގެ ކެނޑިޑޭޓު ނަމްބަރު ތަރުތީބުކުރުން މިއަދުވަނީ ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ.
ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން
1 - އާދަމް މުހައްމަދު / އަމިއްލަ
2 - އަހުމަދު ޝަމީމް / ޖުމްހޫރީ ޕާޓީ
3 - ހުސެން އަލީ / އަމިއްލަ
4 - މުހައްމަދު ސިރާޖް / އެމްޑީޕީ
5 - އަބްދުއްރައްޒާގު / ޕީޕީއެމް
ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލެއްވި 5 ކެނޑިޑޭޓުން ތެރެއިން ޕާޓީތައް ތަމްސީލް ކުރައްވާ ތިންބޭފުޅުން ކަމުގައިވާ އެމްޑީޕީ ކެނޑިޑޭޓު ނިސްބަތްވަނީ ހދ. ވައިކަރަދޫއަށެވެ. ޕީޕީއެމް ކެނޑިޑޭޓު ނިސްބަތްވަނީ ކުޅުދުއްފުށީ ސިޓީއަށެވެ. ޖުމްހޫރީ ޕާޓީ ކެނޑިޑޭޓު ނިސްބަތްވަނީ ހދ. ހަނިމާދޫއަށެވެ. އަދި އަމިއްލަ ދެ ކެނޑިޑޭޓުން ނިސްބަތްވަނީ ކުޅުދުއްފުށީ ސިޓީއަށެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބި، ސިޓީ ކައުންސިލް މެމްބަރުންނާއި، މޭޔަރު އެސިޓީ އިންތިޚާބު ކުރާއިރު، ލާމަރުކަޒީ ޤާނޫނަށް ފަހުން ގެނެވުނު އިސްލާހުގެ ސަބަބުން އެސިޓީ ރައްޔިތުންނަށް ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމާއި، ވޯޓު ދިނުމިގެ ހައްގުވެސްވަނީ ލިބިދީފައެވެ.
މިހާރު އެޤާނޫނު އޮތް ގޮތުން ހދ. އަތޮޅު ކައުންސިލްގެ އިދާރާވެސް ހުންނާނީ ކުޅުދުއްފުށީ ސިޓީގައެވެ.
ހދ. އަތޮޅު ކައުންސިލް ރައީސް އިންތިޚާބުކުރުމަށް ކުޅުދުއްފުށީ ސިޓީއާއި، ހދ. އަތޮޅުގެ 12 ރަށުގެ ރައްޔިތުން ވޯޓުލާ، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!