"ތިލަދުންމަތީ ހޮވުން" އަކީ ތިލަދުންމަތީގެ 3 އަތޮޅު ކަމުގައިވާ ހއ، ހދ ށ އަތޮޅުގެ ކެނޑިޑޭޓުން އެއްތަނަކުން ބަލާލުމަށް ތިލަދުން އިން ހާއްސަކޮށްގެން ގެނެސްދޭ ބަޔެކެވެ.
އަތޮޅަށާއިރަށަށް އެންމެ ޤާބިލް ކައުންސިލަރުން އިންތިޙާބު ވުމަށް ޓަކައި ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ފުރިހަމަ މަޢުލޫމާތު އެއްތަނަކުން ހިއްސާކުރުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ޕޭޖެކެވެ.
އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ހއ ހދ ށ އަތޮޅުގެ 41 ރަށެއްގެ ހުރިހާ ކެނޑިޑޭޓުން އެއްތަނަކުން ފެންނަން ހުންނާނެއެވެ.
މިތިން އަތޮޅުގެ ކޮންމެ ކެންޑިޑޭޓަކަށް ވަކި ޕްރޮފައިލެއް ތައްޔާރު ކޮށްދޭއިރު އެ ޕޭޖުގައި ކެންޑިޑޭޓް ބޭނުންވާ މައުލޫމާތުތައް ހިމަނައި ދޭނެ އެވެ. އެ ގޮތުން ކެންޑިޑޭޓްގެ ވަނަވަރާއި ވައުދުތަކާއި ފޮޓޯ އަދި ވީޑިއޯ ވެސް ޕޭޖްގައި ހިމަނައި ދޭނެ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން އިސްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ އަދި އެބޭފުޅުންގެ ޕްރޮފައިލް، ރިޕޯޓް ކައުންސިލް އިންތިޚާބަށް ހާއްސަކުރެވިފައިވާ ޕޭޖުގައި ހިމަނަން ބޭނުންފުޅުވާނަމަ 7948777 ނަމްބަރުއަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އިސްތިހާރު ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން ފޮޓޯއާއި ޕްރޮފައިލާއި މަޢުލޫމާތުތައް މިނޫހުގެ info@thiladhun.com މެއިލް އެޑްރެހަށް އީމެއިލް ކޮށްދެއްވުން ނުވަތަ ގޫގުލް ފޯމްސްގައި ތައްޔާރުކުރެވިފައިވާ ފޯމް މެދުވެރިކޮން ހިއްސާކޮށްދިނުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށާއި އިސްތިހާރު ކުރުމަށް 7948777 ނަމްބަރު ފޯނާއި ގުޅުމުން އިސްތިހާރުކުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ.
ގޫގުލް ފޯމް ގޫގުލް ފޯމް ފުރުއްވުމަށް ޖީމެއިލްއަކުން ލޮގްއިން ވާން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!