''އީފާސް'' ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މި އަންނަ ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީ އަށް ޒިޔާރާތްކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ބައްދަލުވުމުގައި އީފާސް ޓީމާއި ބައްދަލުކޮށް އީފާހާއި ބެހޭ މަޢުލޫމާތު ހޯދުމާއި، އިފާސް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ވަގުތުން ވަގުތަށް ޙައްލުކުރާނެގޮތުގެ މައުލޫމާތު ހޯދޭނެއެވެ.

Ad
rt

މި ބައްދަލުވުން އޮންނާނީ 19 އޯގަސްޓް 2026 ވާ ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ގަލަދުން ޕާކުގައެވެ.

އީފާސް ޓީމާއި ބައްދަލުކުރުމަށް މި ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައި ވަނި ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

އީފާސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. މިއީ އޮންލައިންކޮށް އަދި އަމިއްލައަށް ހާޒިރުވެގެންވެސް، ފަސޭހަކަމާއެކު އަމިއްލަ ހައިސިއްޔަތު އަންގައިދީ ކަށަވަރުކުރުމަށް ބޭނުންކުރެވޭ މުހިންމު ނިޒާމެކެވެ. އީފާސް މެދުވެރިކޮށް ސަރުކާރުގެ އެކި އޮފީސްތަކާއި ޕޯޓަލްތަކަށް ވަދެ، އޮންלލައިންކޮށް ޚިދުމަތް ހޯދާއިރު ފަސޭހައިން އައިޑެންޓިޓީ ކަށަވަރުކުރެވެއެވެ. އަދި މި ނިޒާމްގެ ތެރެއިން ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރެވެއެވެ. މި ނިޒާމުގެ ތެރެއިން ލިބޭނެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި އީސީ މައި ޕޯޓަލް (އިލެކްޝަންސް ކޮމިޝަން)، އާސަންދައިގެ ޚިދުމަތްތައް، ގެދޮރުވެރިން ޕޯޓަލް، ބިޒްނަސް ޕޯޓަލް އަދި ކަސްޓަމްސްގެ ޚިދުމަތްތައް، އައިޖީއެމްއެޗްގެ ރިޕޯޓް ބެލުމާއި މީހާގެ ސިއްހީ ރެކޯޑްސް ބެލުމާއި އަދި ޓްރާންސްޕޯޓާއި ގުޅޭ ޚިދުމަތްތައްފަދަ ގިނަ ޚިދުމަތްތަކެއް ލިބެންހުރެއެވެ.