ހދ. ހަނިމާދޫގެ ހުރިހާ ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ''ތިލަދުން'' އަށް ވިދާޅުވީ، އެ މަސައްކަތަކީ މި ދައުރުގެ ކައުންސިލް މެމްބަރުންގެ ވައުދެއް ކަމަށެވެ. މި ވަޢުދު ތަންފީޒުކުރުމަށްޓަކައި ސާވޭ ކުރުމަށް ޢިއުލާން ކުރުމަށް މިހާރު ބަޖެޓްގައި އެކަމަށް ބޭނުންވާ ފައިސާ ހިމަނާފައިވާކަމަށް ފިރާގް ވިދާޅުވިއެވެ.

Ad
rt

ފިރާގު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހަތަރު ފޭސް އަކަށް ބަހާލައިގެންނެވެ. އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅޭނީ ސާވޭއަށް ފަހުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

''އަޅުގަނޑުމެން ނިންމާފައި މިއޮތީ ރަށުގެ ހުރިހާ ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް، އެކަމަށް، އެކަމަށް ސާވޭ ހަދަން ޢިއުލާން ކުރަން ބަޖެޓްގައި ހިމަނާފަ މިހާރު އޮތީ، ދެން ސާވޭ ކުރީމަ އެނގޭނީ މިކަން ކުރިއަށް ގެންދާނެގޮތް، މިކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެތީ ސޯލާ ޕެނަލް ހަރުކުރަން އެދޭ ގޭބިސީތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެ، އެކަމަކު އެކަންކަން ކަނޑައެޅޭނީ ސާވޭގެ މަރުހަލާއަށްފަހު'' ފިރާގް ވިދާޅުވިއެވެ.

2486 މީހުންގެ އާބާދީއެއް އޮންނަ ހަނިމާދޫގައި މިވަގުތު މީހުން ދިރިއުޅޭ 500 އަށް ވުރެ ގިނަ ގޭބިސީ ހުރެއެވެ.

ހަނިމާދޫ ކައުންސިލްގެ ފަސް މެމްބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.