ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، ޑަބްލިއުޑީސީގެ "ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026"ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓުބޯޅަ ކުރިއެރުވުމަށާއި، މި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.

Ad
rt

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2026 ގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ޖުލައި 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ.

- މުބާރާތުގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް

- މުބާރާތުގެ ގަވާއިދު

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

ކުޅުދުއްފުށީ ސިޓީ ޑަބްލިއު.ޑީ.ސީން މައުލޫމާތު ދޭ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 10 ޓީމަށެވެ. އެހެންކަމުން ބައިވެރިވާން ބޭނުންވާ ޓީމުތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޮމިޓީން އިލްތިމާސްކުރެއެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6527209 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ކޮމިޓީން އެދެއެވެ.