ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ދެވަނަ މެޗު ޒޯން 1 ގެ ރަނަރަޕް ދިއްދޫ މިއަދު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗުގައި ދިއްދޫ ބައްދަލުކުރީ ޒޯން 2 ރަނަރަޕް އޭދަފުއްޓާއެވެ.

Ad
rt

ދިއްދޫ އާއި އޭދަފުށިން ވެސް ބިދޭސީ ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ މިއަދު މެޗު ދިއްދޫ ކާމިޔާބުކުރީ 2-1 އިންނެވެ.

މި މެޗުގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 28 ޑީޖޭ ވަނީ މެޗުގެ 7 ވަނަ މިނިޓްގައި ލަނޑެއްޖަހައި މެޗުގެ ލީޑު ނަގައިދީފައެވެ. ދިއްދޫ އަށް ލީޑު ފުޅާކޮށްދިން ލަނޑު ވެސް ޖަހައިދީފައި ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއެކެވެ. ދެވަނަ ހާފުގައި ފެނުނު މިލަނޑު ޖަހައިދީފައި ވަނީ ޖޯޒީ ނަންބަރު 25 ޔޫސުފް ނަގައިދިން ހުރަހަކުން އެޓީމުގެ ޖޯޒީ ނަންބަރު 9 ބެނަރޑް އެވެ.

މި މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑުފެނިގެން ދިޔައީ 69 މިނިޓްގައެވެ. މި ލަނޑު ޖަހައިދިނީ އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީނަންބަރު 26 ސޮހޮރަބް އެވެ.

މި މެޗުގެ ފަހު ހާފުގައި ދިއްދޫ އިން ފުލުފުލުގައި ހަމަލާތައް ފޮނުވާލިނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި ލީގުގައި ހަނިމާދޫ އާއި މަނަދޫ އިއްޔެ ހަނިމާދޫގައި ކުޅުނު މެޗު ހަނިމާދޫ ވަނީ 5-0 އިން ކާމިޔާބުކޮށްފައެވެ.

ނޯތު ލީގުގެ ބާކީ ހުރި މެޗުތައް

  • 5 މެއި: ދިއްދޫ - ހަނިމާދޫ
  • 6 މެއި: އޭދަފުށި - މަނަދޫ
  • 9 މެއި: ހަނިމާދޫ - އޭދަފުށި
  • 10 މެއި: މަނަދޫ - ދިއްދޫ
  • 13 މެއި: އޭދަފުށި - ހަނިމާދޫ
  • 14 މެއި: ދިއްދޫ - މަނަދޫ
  • 16 މެއި: ހަނިމާދޫ - ދިއްދޫ
  • 17 މެއި: މަނަދޫ - އޭދަފުށި
  • 20 މެއި: އޭދަފުށި - ދިއްދޫ
  • 21 މެއި: މަނަދޫ - ހަނިމާދޫ

ދިއްދޫ އާއި އޭދަފުށި ކުޅުނު މެޗު މިއަދު ކުޅެފައި ވަނީ ދިއްދޫ ގައެވެ.