މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހްކޮށްފިއެވެ.

މި ޕްރޮމޯ އިފްތިތާހްކޮށްފައި ވަނީ އިއްޔެ ކަށަވަރު ޝޯރޫމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮމޯ ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސާ (ސީއޯއޯ) ސިނާން އަލީއެވެ. މި ހަފްލާގައި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީން ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

Ad
rt

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާ ހިމެނެއެވެ. މި ޕްރޮމޯ އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި މަސްވެރިންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.

Image

ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މި އިންޖީނާއެކު ހަދިޔާ ޕެކޭޖެއް ވެސް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން މުއްދަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ. އެގޮތުން، ގއ. ގދ އަދި ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި، ކ. އަތޮޅުގެ ބަނދަރު ތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެއެވެ.

Image

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމެވެ.