އެކުއައިޑް އިމިއުނޯޑެ ފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖެހިފައިވާ 36 މީހަކު ރާއްޖޭގައި ފަރުވާހޯދަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނިއެވެ.

ރާއްޖޭގައި އޭޑްސް ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ 1991 ވަނަ އަހަރުއެވެ.

Ad
rt

ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން އެ މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތަށްބަލާއިރު، މި އަހަރުގެ 30 ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 53 އެވެ. އެއީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ ނިޔާވެފައެވެ. ދުނިޔޭގައި މިވަގުތު ތިބީ 36 މީހެކެވެ.

އެއިޑްސްބަލި ފަތުރާ، އެޗްއައިވީ ވައިރަސް އަށް ދެވޭ ފަރުވާއަކީ އެންޓިރެންޓޯ ވައިރަލް ޓްރީޓްމަންޓެކެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މިފަރުވާ ތަޢާރަފްކޮށް ދެވެމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. މި ބައްޔަށް ރާއްޖޭގައި ހިލޭ ފަރުވާ ލިބެއެވެ.

ހެލްތު މިނިސްޓްރީން ނަސޭހަތްތެރިވެފައިވާގޮތުގައި މި ބަށްޔަށް ޓެސްޓްކޮށް، ބަލިނެތްކަން އަމިއްލަ ޔަގީންކަން ހޯދުމަކީ މުހިންމުކަމެކެވެ. މި ބައްޔަށް ކާކުކަން ނޭނގޭގޮތަށް ޓެސްޓް ކުރެވޭއިރު، ނަތީޖާ އެއްވެސް ފަރާތަކަށް ހާމައެއް ނުކުރެއެވެ.

ހެލްތުން ބުނީ ބަލިވެއިންނަތާ އެންމެ ލަސްވެގެން ތިންމަސްތެރޭ އެޗްއައިވީއަށް ޓެސްޓްކުރުމަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ބައްޔަކީ ރައްކާތެރިނޫންގޮތުގައި ޖިންސީގުޅުން ހިންގުމުން ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. ސިރިންޖު ނުވަތަ ކަށިފަދަ ތަކެތި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަކު ބޭނުންކޮށްފައި ހުންނަ މިފަދަ ތަކެތި އަނެކަކު ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާކަމެކެވެ.