ހއ. މުރައިދޫގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޯހަކީ މުރައިދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
16 ނޮވެންބަރު 2025 އިން 24 ނޮވެންބަރު 2025 އަށް ކުރިއަށް ގެންދިޔަ މި ޕޭސްޓްރީ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ބާއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން މިހާރު ދީފައިވާއިރު، އެރަށުގެ 17 އަންހެން ބޭފުޅުން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ.
މުރައިދޫގައި ބޭއްވި ޕޭސްޓްރީ ކޯހުގައި ބައިވެރިން ތައްޔާރުކުރި ބައެއް ވައްތަރުތައް، ފޮޓޯ: ކައުންސިލް
މި ކޯހުގައި ކިޔަވައިދެއްވީ މައި ކޭކްސް އެންޑް ސްވީޓްސްގެ ތަޖުރިބާކާރު ފެސިލިޓޭޓަރ މުޖުތަބާ ޢަބުދުﷲ އެވެ.
މި ކޯހުގައި ވަނީ ޕޭސްޓްރީގެ ތަފާތު ވައްތަރުތައް ހަދަން ދަސްކޮށްދީފައެވެ.
މި ކޯހުގެ ސަބަބުން މުރައިދޫގެ އަންހެންބޭފުޅުން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް އިތުރު ފަހިކަމެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!