މިއަދު ޢަމަލުކުރަން ފެށި ކަންތައްތަކާއެކު އެކަންކަން ތަންފީޒުކުރުން ހަގީގަތަކަށް ހެދުމުގައި ބައިވެރިވި އެންމެންނަށާއި، އެކަންކަމުން ފައިދާކުރާނެ އެންމެނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދުން ފެށިގެން ވަނީ ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައެވެ. އަދި ސިވިލްސާވިސް އާއި ޖުޑިޝަރީ މުވައްޒަފުންގެ މުސާރަތައް މިއަދުން ފެށިގެން ބޮޑުވެފައިވާއިރު، މިއަދުން ފެށިގެން ވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ވެސް ހުއްދަ ދީފައެވެ.
މިކަންކަމާއި ގުޅިގެން ރައީސް މީސްޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު (1 ނޮވެމްބަރ 2025) ގައި 3 ކަމެއް ތަންފީޒުކުރަން ފެށިފައިކަން ފާހަގަކުރަށްވާފައެވެ. މިގޮން ރައީސް ފާހަގަކުރެއްވި ތިން ކަަމަކީ،
1. 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
2. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
3. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން.
''މި މުނާސަބަތުގައި މި 3 ކަންތައް ޙަޤީޤަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު ދަންނަވަން. އަދި، މި 3 ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.
މިއަދުން ފެށިގެން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެފައިވާއިރު، 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އެއީ، އެޑިއުކޭޝަނަލް ސާވިސް، ހެލްތު، ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް ސާވިސް، ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް، ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް، ޕްރޮޓެކްޓިވް ސާވިސް އަދި ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސްއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ، ލައިސަންސް ނެގުން މަޖުބޫރުކޮށް ޤަވާއިދު އާއްމުކޮށްފި
މީގެ އިތުރުން ވަނީ ލައިސަންސަކާއެކު ކަށި މިޔަރުގެ މަސްވެރިކަން ވަނީ ހުއްދަކޮށްފައެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!