ފަލަސްތީނުގެ ޒައިތޫނި މޫސުމަކީ އެ ގައުމުގެ ރައްޔިތުންނަށް ދިރިއުޅުމުގެ މައިގަނޑު ވަސީލަތެއް ކަމަށް ވީ ނަމަވެސް، މި މޫސުމުގެ ތެރޭގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ތިބި އިސްރާއީލްގެ މީހުންނާއި ސިފައިންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ދަނީ ހައްދުން ނެއްޓި އިތުރުވަމުންނެވެ. މި އަނިޔާވެރިކަމުގެ ސަބަބުން، ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ޒައިތޫނި ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފަވެއެވެ.
ފަލަސްތީނުގެ ޒައިތޫނި މޫސުމުގައި އިސްރާއީލީ ބިނާވެރިންނާއި ސިފައިންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރި ޢަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާއިރު، މި މޫސުމުގައި މިހާތަނަށް އިސްރާއީލު ސިފައިންނާއި އާންމުންގެ ފުށުން ފަލަސްތީނުގެ ދަނޑުވެރިންނަށް 150 އަށް ވުރެ ގިނަ ހަމަލާ ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މިގޮތުން އެންމެ ފަހުން ހިނގި ހަމަލާއެއްގައި ފަލަސްތީނުގެ ދޮށީ އުމުރުގެ، 55 އަހަރުގެ އަންހެނެއްގެ ބޮލަށާއި ހަށިގަނޑުގައި ތަޅައިދިން އަނިޔާގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވެއެވެ. މިފަދަ ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
Israeli settler militias are attacking olive-harvesting farmers near the town of Sa'ir, north of occupied Hebron, as part of an ongoing campaign of state-sponsored settler violence across the occupied West Bank. pic.twitter.com/InrMuYQ0cj
— Quds News Network (@QudsNen) October 22, 2025
ފަލަސްތީނުގެ ރަސްމީ ވެރިއެއް ކަމަށްވާ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެޒިސްޓަންސް ކޮމިޝަންގެ ވެރިޔާ މުއައްޔަދު ޝަޢުބާން ވިދާޅުވި ގޮތުގައި، މި އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް މިފަދަ 158 ހަމަލާ ރެކޯޑުކުރެވިފައިވެއެވެ. މި ހަމަލާތަކުގައި 800 އަށް ވުރެ ގިނަ ޒައިތޫނު ގަސް ހަލާކުކޮށްލާފައިވާކަން ވެސް އެނގިފައިވެއެވެ. މި ހަމަލާތަކުގެ ތެރެއިން 17 ހަމަލާ ދީފައިވަނީ އިސްރާއީލީ ސިފައިންގެ ފަރާތުން ކަމަށާއި، އަނެއް ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ އާންމުންގެ ފަރާތުންނެވެ.
An elderly Palestinian woman was assaulted and injured this morning by Israeli settler militias during the olive harvest in the town of Turmus Ayya, northeast of Ramallah. pic.twitter.com/UPjYCG9rPp
— Quds News Network (@QudsNen) October 19, 2025
މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން، އެ ބައިމީހުންގެ ދިރިއުޅުމުގެ މައިގަނޑު ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް ކަމުގައިވާ ޒައިތޫނު ގަސްތަކަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރެވެއެވެ. ބައެއް ޒައިތޫނު ގަސްތަކަކީ ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްތަކެއް ކަމުން، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް އަގުހުރި އަދި ލޯބިވާ އެއްޗެއްކަން ފާހަގަކުރެވެއެވެ. މިފަދަ ހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ އިޤްތިޞާދަށާއި ސަގާފަތަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ވެސް ބެލެވެއެވެ.
Israeli occupation forces are preventing farmers from reaching their lands to harvest olives near the town of Aqraba, south of Nablus, the occupied West Bank. pic.twitter.com/IbTgSGXSKq
— Quds News Network (@QudsNen) October 22, 2025
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ލާއިންސާނީ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަދުވެގެން 68،229 މީހުން ޝަހީދުވެ 170،369 މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!