މިއަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ މޯލްޑިވްސް ގެ "ފަން ރަން" ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

މި އަހަރުގެ ފަން ރަންގައި ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން 110 ރުފިޔާގެ ސްޓޭންޑާޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 210 ރުފިޔާގެ ފަން ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑުގެ އިތުރުން އައިގްލާހަކާއި މަލްޓިޕާޕަސް ބަނޑާނާއެއް ހިމެނެއެވެ. އަދި 31 އޮކްޓޫބަރުގެ ނިޔަލަށް އިތުރު އަގަކާ ނުލައި ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

Ad
rt

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ މަޤްބޫލު އެއް ހަރަކާތް ކަމަށްވާ ފަން ރަންގައި މިދިޔަ އަހަރު 6500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. މި ދުވުމަކީ 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ 5 ކިލޯމީޓަރުގެ ކުރު ދުވުމެކެވެ.

މި ދުވުމުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގަދަ ހަރަކާތްތަކާއި ފެން ލިބޭނެއެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 14 ނޮވެމްބަރު 2025 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ޖާގަ ހަމަވުމުގެ ކުރިން ރަޖިސްޓްރީ ވުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފައެވެ.