ފުލުހުން ރޭ މާލޭގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށް، އަތުލައިގަތް ތަކެތީގެ ބާވަތް ހާމަކޮށްފިއެވެ.

ފުލުހުން ރޭ ބުނީ އެ އިދާރާއިން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައި އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ހަތަރު މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގެ ތަފްސީލްދެމުން ފުލުހުން މިއަދު ބުނީ އެއީ ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަންގައި ތިން އެޕާޓްމަންޓު ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮޕަރޭޝަންގައި އަތުލައިގަތް ތަކެތި، ފޮޓޯ: ޕޮލިސް

މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ތިން މީހުންނަކީ، އެއްބަނޑުއެއްބަފާ ތިން ބެއިންނެވެ. އެއީ ލ. މާބައިދޫ / ސޭޑީކޯނަރ، ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) އަދި ނަބުހާން މުޙައްމަދު (22އ) އެވެ.

''މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވޭ'' ފުލުހުން ބުންޏެވެ.

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން ބެއިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދު (32އ) އާއި ނަޙުޒާން މުޙައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.