ކުޅުދުއްފުށި ސިޓީގެ ފެން ހިންދާ ނިޒާމު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސަައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން https://forms.office.com/r/hgYQefk3es މެދުވެރިކޮށް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވުމަށެވެ.

Ad
rt

މިގޮތުން މި މަސައްކަތާއި ގުޅޭ ޕްރީ ބިޑް މީޓިން (މައުލޫމާތު ސެޝަން) ބޭއްވުމަށް ހަމަޖެހިފައިވަނީ، 5 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހު 10:30 ގައި ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގައެވެ.

މީގެ އިތުރުން މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހު ކަމަށް ސިޓީ ކައުންސިލް އިދާރާގައި ކަމަށް އެ އިދާރާއިން މައުލޫމާތުދީފައިވެއެވެ.

ސިޓީ ކައުންސިލުން ވަނީ މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527177، 6527192 ނުވަތަ 6527113 އަށް ގުޅުމަށް ނުވަތަ bids@kulhudhuffushicity.gov.mv މެދުވެރިކޮށް 9 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހު ގެ ކުރިން އީމެއިލް ކުރުމަށް އިލްތިމާސްކޮށްފައެވެ.