ގދ.ތިނަދޫގައި ހުއްދަނެތި ގެއަކަށްވަދެ ހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 22:38 ހާއިރު ގދ.ތިނަދޫގައި، މީހަކު ހުއްދަނެތި ގެއަކަށްވަދެ، އެގޭގައި ކުޑަކުދިންތަކެއްވެސް ތިއްބައި ހަޑިހުތުރުބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތިނަދޫ/ފޫޓް ލައިޓް އާގެ، އުމުރުން 49 އަހަރުގެ އައިމިނަތު ފަޒްލީން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު 14:32 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލަދަނީ ތަހްގީގްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!