ހއ. އިހަވަންދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެންޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފިއެވެ.
މި އިމާރާތް ޤާއިމްކުރުމަށް އިމާރާތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިވަހަންދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަޙުމަދު ސޮބާހު އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް އެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހު "ތިލަދުން" އަށް ވިދާޅުވީ، މިހާރު އެ ހަވާލުކޮށްފައިވާ އިމާރާތަކީ ކުރީގެ ކައުންސިލްތަކުން ވީރާނާވާން ދޫކޮށްލިތަނެއްކަމަށެވެ.
މީގެ އިތުރުން އިމާރާތުގެ ޚިދުމަތް އަވަހަށް ލިބި، މަތީ ތައުލީމުގެ ފުރުސަތު ފަހިވެގެންދިއުމަކީ އިހަވަންދޫއަށާއި، ހއ އަތޮޅަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ރައީސް ފާހަގަކޮށްފައިވެއެވެ.
މިގޮތުން ފަހުގެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި އިމާރާތަކީ 35 އަހަރުގެ މުއްދަތައް ކުއްޔަށް ދޫނުކުރާގޮތަށް 6 ކްލާސްރޫމާއި، 1 އޮފީހާއި 1 ހޯލު ހިމެނޭ އިމާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!