ހއ.އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކައުންސިލް ކަޕް، ފިރިހެން ވޮލީބޯޅަ މުބާރާތް 2025" ފެށިގެން ފޯރިއާއިއެކު އެބަކުރިއަށްދެއެވެ.

މި މުބާރާތް ފަށާފައި ވަނީ މި މަހު އެއްވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްދަނީ އެ ރަށު ހުރަވީ އައުޓްޑޯ ވޮލީ ކޯޓުގައެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރެއެވެ. އެ ޓީމަތްކަކީ އެންވީކޭ، މިސްކިތްމަގު އެސްސީ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޖަންގަލްއާއި ޔުނައިޓެޑް ޔޫތެވެ. އެ މެޗު 3 ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑް ޔޫތުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/22، 16/25، 21/25، 12/25) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތުގެ ބިލާލްއެވެ.

ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ އެންވީކޭއާއި މިސްކިތްމަގެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު 3 ސެޓް 2 ސެޓުން މެޗު ކާމިޔާބު ކޮށްފައި ވަނީ އެންވީކޭއިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (21/25، 25/21، 25/23، 22/25، 15/8) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ މާލިކްއެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޔުނައިޓެޑް ޔޫތާއި މިސްކިތްމަގެވެ. އެ މެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޔުނައިޓެޑް ޔޫތުންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/14، 25/14، 26/24) އެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ އެންވީކޭއާއި ޖަންގަލްއެވެ. ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކުރީ ޖަންގަލް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (25/22، 27/29، 25/22، 14/25، 9/15) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޖަންގަލްގެ އިސްމާއިލް މަންސޫރެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ހަވީރު 16:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޖަންގަލްއާއި މިސްކިތްމަގެވެ. މިރޭ 20:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ޔޫތާއި އެންވީކޭއެވެ.