ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 11 އެކި ދާއިރާއަކުން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކުގައި މިއަދު ސޮއިކޮށްފިއެވެ.

ޗައިނާގެ ބެއިޖިންގްގައި ހުންނަ ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެ ވަޑައިގެންގަންނަވާފައެވެ.

Ad
rt

ދެ ޤައުމުގެ މެދުގައި މިއަދު ސޮއިކުރެވުނު 11 ފަހުމުނާމާގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. ނަމަވެސް މި އެއްބަސްވުންތަކުގެ ތަފްސީލެއް އަދި ނުދެއެވެ.

މި ފަހުމުނާމާތަކަކީ ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވޭއިރު، މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ރާއްޖެ-ޗައިނާ، ފަހުމުނާމާތަކުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމިުގެ އިތުރުން ރައީސް މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އާދީއްތަ ދުވަހު ހެނދުނު ބައްދަލުކުރަށްވާފައެވެ. މީގެ އިތުރުން ހޯމަ ދުވަހު ވަނީ ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާ ބައްދަލުކުރަށްވާފައެވެ. އަދި މިއަދު ވަނީ އަޒަރްބައިޖާންގެ ރައީސް އިލްހާމް އާއި ބައްދަލުކުރަށްވާފައެވެ.