ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ "ޔުނިޓީ ކަޕް 2025" ވޮލީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ.

މި މުބާރާތަށް ގިނަބަޔެއްގެ ސަމާލުކަން އަމާޒުވެފައިވާ އެއް ކަމަކީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެތީއެވެ. މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ 27 ކުޅުންތެރިން ކުޅޭނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ބިދޭސީ 3 މީހަކު ހަރަކާތްތެރިވާނެއެވެ.

Ad
rt

މި މުބާރާތުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ އެހީގައި ބޭރުގެ ތަޖުރިބާ އާއި ހުނަރު ދިވެހި ކުޅުންތެރިންނަށް ލިބުމުގެ މަގުފަހިވެގެންދާއިރު، މިއީ ދިވެހި ކުޅުންތެރިންނަށް ހުނަރު އިތުރުކުރުމަށް ހުޅުވޭ ދޮރެކެވެ.

ބިދޭސީ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ އެންމެ މަތީފަންތީގައި ވޮލީ ކުޅެމުން އަންނަ ގިނަ ކުޅުންތެރިންތަކަކާއި، ވޮލީގެ މަޝްހޫރު މޫނުތައް ވެސް މި މުބާރާތުން ފެނިގެންދާނެއެވެ. އެއީ މި މުބާރާތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާ އިތުރު ސަބަބެކެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ރޭ 20:30 ގައި ފަށަން ހަމަޖެހިފައިވާއިރު، މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސްގެ އިތުރުން ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ ވީޓީއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޔަންގް ފޯސް، ޖޭޑަބްލިއު މެރިއޮޓް، ކޮމަންޑޫ އެސްސީ އަދި ފޯޓީ ޕްލަސް އެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ މާއުނގޫދޫ، ޒޮލޭން އަދި މެކްސް އެސްސީއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ރޭ 20:30 ގައި ފަށަން ހަމަޖެހިފައިވާއިރު،

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިއީ ޔުނިޓީ ސްޕޯޓްސް އެކަޑަމީން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.