ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ''ތިލަދެކުނު ޤުރްއާން މުބާރާތް 2025'' އެ އަތޮޅު މަކުނުދޫފައި ފަށައިފިއެވެ.

މި މުބާރާތުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރެއެވެ. ސްކޫލްބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.

Ad
rt

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި މުބާރާތަށް މަކުނުދޫ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތް ކުރިއަށް ދަނީ އެކަމަށްޓަކައި ހާއްސަކޮށް ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ހޯލެއްގައި ކަމަށެވެ.

ތިލަދެކުނު ޤުރްއާން މުބާރާތް 2025ގައި ދަރިވަރަކު ކިތަވަނީ، ފޮޓޯ: އަތޮޅު ކައުންސިލް

އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ގޮތަކުން ބެލިނަމަވެސް މިއީ މި ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދެވޭ އެންމެ ފުރިހަމަ މުބާރާތް ކަމަށެވެ. މަކުނުދޫގެ އިންތިޒާމްތަކުގެ ފުރިހަމަކަން ފާހަގަކޮށް އޭނާ ވަނީ އެކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ތިލަދެކުނު ޤުރްއާން މުބާރާތް 2025ގައި ދަރިވަރަކު ކިތަވަނީ، ފޮޓޯ: އަތޮޅު ކައުންސިލް

މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަކަށާއި އެ ދަރިވަރެއްގެ ބެލެނިވެރިއަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ދިނުމަށް ނިންމާފައެވެވެ. އަދި ކައުންސިލް ބައިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ކަނޑައަޅާފައެވެ.