ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފިއެވެ.
އިހަވަންދޫ ކަންސިލްގެ 102 އާއްމު ބައްދަލުވުން މިއަދު ވަނީ އެކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮން ލައިވް ކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ރިޔާސަތު ބެލެހެއްޓެވި މިޖަލްސާ ބާއްވާފައިވަނީ ރަށްވެހި ހިޔާ ހޯލުގައެވެ.
މިއަދު ހެނދުނު 10:30 ފެށިގެން ކުރިއަށް ދިޔަ މިޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ އެޖެންޑާ އަދި ޔައުމިއްޔާ ފާސްކުރުމާއި އައިސްޕްލާންޓް ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އަދި ޒުވާން ވިޔަފާރިވެރިޔާ އުފެއްދުމަށް ލޯނު ޕްރާގްރާމެއް ތަޢާރަފް ކުރުމާއި ގުޅޭ މައްސަލަ އަށް ބަހުސް ކުރުމުވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!