ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދޭ ކޯހެއް ހދ އަތޮޅުގައި ބާއްވަން ނިންމައިފިއެވެ.
3 ހަފުތާގެ މުއްދަތައް ކުރިއަށްދާ މިކޯހުގައި ކިޔަވައިދޭ މާއްދާތައްކުގެ ތެރޭގައި ކަށުކަމާކެމީ (ނަޒަރީ ، ޢަމަލީ)- ފިޤުހު ގެ އިތުރުން މި ކޯހުގައި ކަށުކަމާކެމީގެ ހުރިހާ ކަމެއް ދަސްކޮށްދެވޭނެކަމަށް ބުނެފައި ވެއެވެ.
މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (MQA) ޤަބޫލުކުރާ ސެޓްފިކެޓު ކޯހެއްކަމަށާއި މިކޯހުގެ ކިޔެވުން އޮންނާނީ ހަފުތާ ބަންދު ތެރޭގައި ކުޅުދުއްފުށި ސިޓީގައެވެ.

ބުރާސްފަތި ދުވަހު ފެރީން އައިސް ހޮނިހިރު ދުވަހު އަނބުރާ ދެވޭގޮތައް ހަމަޖެހިފައިވާއިރު ކިޔެވުން ފަށަން ހަމަޖެހިފައިވަނީ 5 މާރިޗު 2020 ގައި މިކޯހުގައި ހދ އަތޮޅުގެ ކޮންމެބޭފުޅަކަށްވެސް ބައިވެރިވެވޭނެ (ފިރިހެން / އަންހެން) އަތޮޅުގައި ހުންނަވައިގެން ކޮންމެ ހަފުތާ ބަންދެއްގައި ކިޔަވާލެވޭއިރު ކޯހުގެ ފީ -/2000 ރުފިޔާ އެވެ.
ނަންނޯޓު ކުރެއްވުމަށާއި އިތުރު މަޢުލީމަތު ހޯއްދެވުމަށް - 7326780 - 7696612 ގުޅުއްވުމަށް މިކޯސް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!