ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކާއެކު ހާއްސަ ކޭމްޕެއް ބާއްވަން ނިންމައި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓުކުރަން ހުޅުވާލައިފިއެވެ.
ކޭއާރުއެޗުން ބުނިގޮތުގައި މި ކޭމްޕަކީ އެ ހޮސްޕިޓަލާއި ސިއްޙީ ވުޒާރާގެ އިތުރުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ގުޅިގެން އޮޕްރޭޝަން ޑޮކްޓަރުންގެ ޙާއްސަކ ކޭމްޕެކެވެ.
މި ޖޫން މަހު 12 އިން 14 އަށް ކޭއާރުއެޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި މުޅި ޖުމްލަ ތަޖުރިބާކާރު 8 ޑޮކްޓަރުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ކޭއާރުއެޗުގައި ބާއްވާ މި ކޭމްޕުގައި ފަރުވާދެއްވާނީ ޑރ. އަބްދުالله އުބެއިދު އާއި ޑރ. މުޙައްމަދު ޝިފާން އާއި ޑރ. އަސަދު ޝަހީދު އާއި ޑރ. މުޙައްމަދު ވަހީދު އާއި ޑރ. އައިޝަތު އަޒްނާ އާއި ޑރ. އިބްރާހީމް މިސްބާހް ގެ އިތުރުން ޑރ. މުޙައްމަދު ޝަރީފް އަދި ޑރ. އަލީ އާފީ އެވެ.
އަދި މި ކޭމްޕުގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- ކަފާލައިގެން (އޯޕަން) އަދި ލޯވަޅުއަޅައިގެން (ލެޕްރަސްކޯޕިކް) ކޮށް އޮޕަރޭޝަން ކުރުން.
- ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާ ދިނުން.
- ޕްލާސްޓިކް ސަޖަރީގެ ހިދުމަތް.
- ކެންސަރުބަލީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް.
- ކުޑަ ކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް.
- ނާރުގެ ބަލިތަކުގެ އޮޕަރޭޝަން (ނިއުރޯ ސާޖަރީ) ގެ ޑޯކްޓަރުގެ ހިދުމަތް.
- ނުފިލާ ހުންނަ ތަދުތަކަށް ފަރުވާ ދިނުން
މީގެ އިތުރުން ކޭއާރުއެޗުން ބުނެފައިވާ ގޮތުން މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ އޯޕީޑީގައެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށާއި ނަރުހުންނަށް ތަފާތު ތަމްރީންތަކާއި ކްލާސްތައް ހިންގޭނެ ކަމަށްވެސް ކޭއާރުއެޗުން ބުނެފައިވެއެވެ.
މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ނުވަތަ އޮޕްރޭޝަން ކުރުމަށް ބޭނުންފުޅުވާ ބޭފުޅުން 1 ޖޫން 2025، (މިއަދު) ހަވީރު 4 އިން ފެށިގެން ކޭއާރުއެޗުގެ ނަންބަރަށް (6528864) އަށް ގުޅުއްވައިގެން ނުވަތަ ހޮސްޕިޓަލްގެ ޕޭޝަންޓް ޕޯރޓަލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!