ށ. ބިލެތްފަހީގައި "އޯޝަނިއާ" ކިޔާ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށް ހިނގައްޖެއެވެ.

ބިލެތްފަހީ ކައުންސިލުގެ ރައީސް އަބްދުالله ޒިޔާދު ''ތިލަދުން'' އަށް، ވިދާޅުވީ މި ޑިންގީ ބަންޑުން ޖަހާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތުގައި ބިލެތްފަހި ކައިރިން ދޮށީގައި ކަންނެލި ބޭނުމަށްޓަކައި ގޮސް އުޅެނިކޮށް ކަމަށެވެ. އަދި މި ޑިންގީ ބަނޑުން ޖަހާލައި އަޑިއަށްދާން މެދުވެރިވި ސަބަބަކަށް ލަފާކުރެވޭގޮތުގައި ބެލެވެނީ ޑިންގީ ފަޅައިގެން ގޮސް އެތެރެއަށް ލޮނުއެޅިގެން ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރަށްވާފައިވެއެވެ.

Ad
rt

ކައުންސިލްގެ ރައީސް މައުލޫމާތުދެއްވި ގޮތުގައި މި ހާދިސާ ހިނގި ވަގުތު ކައިރީގައި އުޅުނު ބިލެތްފަހީ ދޯންޏަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީ ޑިންގީގައި ތިބި މީހުން ސަލާމަތްކޮށް، ޑިންގީ އަޑިއަށް ދިޔަ ހަބަރު ރަށު ކައުންސިލަށް ވަނީ ދީފައެވެ. ނަމަވެސް އެހެން ދޯންޏެއްގައި ޑިންގީ ސަލާމަތްކުރަން ރައްޔިތުން ގޮވައިން ދިޔައިރު ޑިންގީ ވަނީ އަޑިއަށް ގޮސްފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބިލެތްފަހީ ފެނަކައިންނާއި ކައުންސިލުން ވަނީ މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އޯޝެނިއާ ޑިންގީގެ ވެރިންނަށާއި، ޑިންގީގެ ހިއްސާދާރެއް ކަމުގައިވާ އެރަށު ފެނަކަ ބްރާންޗުގެ ޓެކްނީޝަން އަޙުމަދު މުނީޒު އަދި އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފައެވެ.

5 ވަރަކަށް ލައްކަ ރުފިޔާގެ މި ޑިންގީ އަކީ މޫސުން ރީތި ދުވަސްދުވަހު ކައިރި ރަށްރަށަށް ރައްޔިތުން ދަތުރުކުރުމަށް ބޭނުންކުރާ ޑިންގީއެކެވެ. އަދި ޒުވާނުން މަސްވެރިކަމަށް މި ޑިންގީ ބޭނުންކުރަމުން އަންނަތާ 2 އަހަރު ވާއިރު މި ހާދިސާ ހިންގުމުން ރަށުގެ ރައްޔިތުން ދަނީ ހިތާމަކުރަމުންނެވެ.

ދިވެހި ރާއްޖޭގެ މޫސުމީ އިދާރާއިން މިއަދު އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލުނެރެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް މިހަލަ ހިތާމަވެރި ހާދިސާތައް ދިމާވުމުން ރައްކާތެރިވެތިބުމަށްޓަކައި ސަމާލުވާން އެދިފައެވެއެވެ.