ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އެކަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވަނީ، މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރުސްތުމް އިބްރާހީމް 3 ދުވަހަށް ބަންދުކުރުމަށާއި، ސައިފުﷲ ފައިޞަލް ތަޙްޤީޤު ނިމެންދެން އަދި ޝަރީޢަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މާރާމާރީ ހިނގާފައި ވަނީ 8 ފެބްރުއަރީ 2024 ދުވަހުގެ ރޭ 23:35 ހާއިރު ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓަރފް ދަނޑު ކައިރީގައެވެ.

ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފި

ޖެހިގެން އައި ދުވަހު ފުލުހުން މައުލޫތު ދިން ގޮތުގައި އެ ސަރަހައްދުގައި މީހަކު މަޑުކޮށްގެން ހުއްޓާ ސައިކަލެއްގައި އައި ދެމީހަކު ވަނީ އޭނާ އަށް ކޯރާޑިއަކުން ހަމަލާ ދީފައެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް ޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނެވެ.

މި މައްސަލާގައި ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފިލަން ދުއްވަނިކޮށް ބްރިޖް ހައިވޭ އިން ނެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތަމް އިބްރާހިމް (25 އަހަރު) އަދި ބ. ގޮއިދޫ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ.