މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި އިންތިޚާބު ކުރުމަށް ހުޅުވާލި 37 ގޮނޑީގެ ތެެެރެއިން 33 ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކާމިޔާބު ހޯދި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާއި ނުލައި 24 ގޮނޑި އާއި އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
‘’އަތޮޅު ކައުންސިލްގެ އެއް ގޮނޑި، ރަަށު ކައުންސިލް ރައީސް ކަމުގެ އެއް ގޮނޑި، ރަަށު ކައުންސިލް މެމްބަރު ކަމުގެ ދެ ގޮނޑި، އތމ. ކޮމެޓީތަކުގެ 29 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި’’ ރައީސް ވިދާޅުވެފަވެއެވެ.
ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް
ރައީސް ވަނީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދެންނެވުމާއެކު، އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރި ފަރާތްތަކާއި ވޯޓުގައި ބައިވެރިވި މީހުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!