މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގެ ތެރެއިން ގިނަ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ޖުމްލަ 12 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައިވާއިރު، ޕީއެންސީން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ލިބުނުއިރު، މިނިވަން ކެންޑިޑޭޓުން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފައެވެ.

Ad
rt

މިއަދު ބައި އިލެކްޝަންގައި ހދ.މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ބާއްވާފައިވާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް އޮތެވެ.

މިތަނުން މަކުނުދޫ ކައުންސިލް މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު، މ. ކަރާދުނބުރިއާގެ / ކ. މާލެ އެވެ.

ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ފަހީމާ ޢަބްދުﷲ، ލިލީމާގެ / ހދ. ހިރިމަރަދޫ އެވެ.

ޕީއެންސީއަށް އިތުރަށް ކާމިޔާބުވީ، ނ.ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑިއާއި، ލ.ގަމު، ގއ.ކަނޑުހުޅުދޫ، ތ.ބުރުނީ، ބ.ގޮއިދޫ، ރ.އިންނަމާދޫ އަދި ނ.ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ގޮނޑިތަކެވެ.

އެމްޑީޕީ އަށް ކާމިޔާބުވީ، އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކެވެ. އަދި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓެކެވެ.